ނައިވާދޫ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް އިފްތިތާޙް ކޮށްފި
ނައިވާދޫ ކައުންސިލް އިދާރާގެ ރަސްމީ ވެބްސައިޓް މިއަދުވަނީ އިފްތިތާޙް ކުރެވިފައެވެ. ކުޑަ ރަސްމިއްޔާތަކާއެކު ރޭވިގެން ދިޔަ، ވެބްސައިޓް އިފްތިތާޙު ކުރުން ޝަރަފްވެރިކޮށްދެއްވާ، އިފްތިތާޙު ކޮށްދެއްވީ ރަށުގެ ބޭފުޅެއް ކަމަށްވާ، ޕީ.ޖީގެ ނައިބު އަލްއުސްތާޛު ޢަލީ ސަމީރު މުޙައްމަދެވެ. މި ވެބްސައިޓަކީ2023 ވަނައަހަރުގެ ވޯކްޕްލޭންގައި ހިމެނިގެން ކުރެވިފައިވާ މަސައްކަތެކެވެ.
މިވެބްސައިޓް ބޭނުންކުރަން ފެށިގެންދިއުމަކީ، ކައުންސިލުން ދޭ ޚިދުމަތްތައް ފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމާއި ކައުންސިލުން ޢާއްމުކުރަންޖެހޭ މަޢުލޫމާތުތައް ޢާއްމުކުރުމަށްޓަކައި އިތުރަށް ކުރެވިގެން ދިޔަ މަގެކެވެ. މި ވެބްސައިޓްގައި ކައުންސިލް އަދި އ.ތ.މ.ކ ގެ ނިންމުންތަކާއި އެޖެންޑާ އަދި ޤަވާޢިދުތަކާއި ކައުންސިލުން ދޫކުރާ ފޯމްތައް ލިބެން ހުންނާނެއެވެ.
