ޚަބަރު

ނައިވާދޫ ކައުންސިލް އިދާރާގެ އެސް.ޖީ ޓްރެއިނިން ޕްރޮގުރާމް ފުރިހަމަ ކުރުމަށްފަހު އެނބުރި ރަށަށް ދުރުވެއްޖެ

ނައިވާދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، ދިވެހި ސިވިލް ސަރވިސް ކޮމިޝަނާއި އިންޑިޔާގެ ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވަރނެންސް ގުޅިގެން، ޖުލައިމަހުގެ 4 ން 10 ށް ކުރިއަށް ގެންދިޔަ [ޓްރެއިނިންގ ޕްރޮގްރާމް އިން ފީލްޑް އެޑްމިނިސްޓްރޭޝަން ފޮރ ސީނިއަރ ސިވިލް ސަރވެންޓްސް އޮފް މޯލްޑިވްސް] ޓްރެއިނިންގ ޕްރޮގުރާމްގައި ބައިވެރިވެ ފުރިހަމަ ކުރެއްވުމަށްފަހު އެނބުރި ރަށަށް ދުރުވެއްޖެއެވެ. މިއީ ސިވިލް ސަރވިސް ކޮމިޝަނާ އިންޑިޔަން ހައިކޮމިޝަނާއި ގުޅިގެން ސަރުކާރު އިދާރާތަކާއި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނާއި ޑިރެކްޓަރ ޖެނެރަލުން ފެށިގެން މަތީ ގިންތިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އިންޑިޔާގެ ނިއުދިއްލީގައި ކުރިއަށް ގެންދިޔަ ޕްރޮގުރާމެކެވެ. މި ތަމްރީން ޕްރޮގްރާމުގައި ޑިޖިޓަލް ރެވަލުއޭޝަން އާއި ތަފާތު ވައްތަރުގެ ގަވަރނަންސް މޮޑިއުލްއާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައިވެއެވެ. މި ޕްރޮގްރާމުގެ ތެރެއިން ރީތި އަދި ދުނިޔޭގެ އެންމެ އަޖައިބުތަކުގެ ތެރޭގައި ހިމެނޭ ތާޖް މަހަލް އަށް ޒިޔާރަތްކުރުމާއި، އިންޑިޔާގެ ބޮޑުވަޒީރުންގެ މިއުޒިއުމާއި އިންޑިޔާގެ ރައީސްގެ ގަނޑުވަރަށް ޒިޔާރްތަކުރުމުގެ ފުރުޞަޠުވެސް ވަނީ ބައިވެރިންނަށް ދީފައެވެ. މިއީ މި ކައުންސިލް އިދާރާގެ މުވައްޒަފަކު މިފަދަ ތަމްރީނެއް ފުރިހަމަ ކުރި ފުރަތަމަ ފަހަރެވެ.