ޚަބަރު

އެމް.ޓީ.ސީ.ސީގެ އިސްވަފުދެއް ނައިވާދޫއަށް ޒިޔާރަތް ކޮށްފި

އެމް.ޓީ.ސީ.ސީގެ އިސްވަފުދެއް 9 ޖުލައި 2023 ވީ އާދިއްތަ ދުވަހު ނައިވާދޫއަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ވަފުދުގައި އިސްކޮށް ހުންނެވީ އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯ އަލްފާޟިލް އާދަމް އާޒިމެވެ.
މި ދަތުފުޅަކީ އެމް.ޓީ.ސީ.ސީ އާއި ޙަވާލުކުރެވިފައިވާ ނައިވާދޫ ބަނދަރު ބޮޑުކުރުމުގެ މަސައްކަތާއި ގުޅޭގޮތުން ކައުންސިލާ ޙިއްސާކޮށްލަން ޖެހޭ ކަންކަން ޙިއްސާކޮށްލުމެވެ. ސީ.އީ.އޯ ފާހަގަ ކުރެއްވި ގޮތުގައި ޕްލޭން ކުރެވިފައިވާ ގޮތަށްދާނަމަ، މި ޖުލައިމަހު އީއައިއޭ ނިމި އަންނަ އޮގަސްޓް މަހު ނައިވާދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ފެށޭނެއެވެ. އަދި މަސައްކަތް ފަށާތާ 18 މަސްދުވަހުގެ ތެރޭގައި މުޅި މަސައްކަތް ނިންމާލެވޭނެއެވެ. މިއީ ގަތްގަނޑަކަށް 43 މިލިއަން ރުފިޔާގެ މަސައްކަތެކެވެ. މި މަސައްކަތް ނިކިގެންދާއިރު އުތުރުކޮޅަށް ބޮޑު ކުރެވި ޓީ ޖެޓީއަކާއި ރެމްޕެއް ލެވިގެންދާނެއެވެ. އަދި 50 ފޫޓް ފުޅާ ކުރެވި ޕޭމަންޓްހެދުމާއި ލައިޓްޖެހުމުގެ މަސައްކަތް ފުރިހަމަވެގެން ދާނެއެވެ.
މިކަމުގައި ކައުންސިލުން ފާހަގަ ކުރަންބޭނުންވާ ކަންކަން ޙިއްސާކުރެވިގެން ދިޔައެވެ. އަދި ފެރީ ސްޓޮޕް ގެ ކަންތަކާއި ފެރީގެ ކަންކަމާއި ބެހޭ ގޮތުންވެސް މަޝްވަރާ ބަދަލުކުރެވުނެވެ.