ޚަބަރު

މިނިވަންދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ބާއްވައިފި

ދިވެހިރާއްޖޭގެ ފަޚުރުވެރި މިނިވަންދުވަހުގެ މުނާސަބަތުގައި، ޤައުމީ ދިދަނެގުމުގެ ރަސްމިއްޔާތެއް މިއަދު ހދ. ނައިވާދޫ ކައުންސިލް އިދާރާގައި ވަނީ ބޭއްވިފައެވެ. މި ރަސްމިއްޔާތުގައި ކައުންސިލަރުންނާއި ކައުންސިލް އިދާރާގެ އިދާރީވެރިންނާއި މުވައްޒަފުންގެ އިތުރުން، ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، އ.ތ.މ. ކޮމީޓީގެ މެންބަރުން އަދި ރަށުގެ ދެޖިންސްގެ ލޮބުވެތި ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ، ހދ. ނައިވާދޫ ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ ރަޝީދު މުޙައްމަދެވެ.