ޚަބަރު

ނައިވާދޫ ކައުންސިލްގެ ޖުލައިމަހުގެ ޢާއްމު ބައްދަލުވުން ބާއްވައިފި

ލާމަރުކަޒީ ޤާނޫނުން ކައުންސިލްގެ މައްޗަށް ލާޒިމްކުރާ ކޮންމެ އަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ރައްޔިތުންނަށް ބާއްވަންޖެހޭ ޢާއްމު ބައްދަލުވުން  30 ޖުލައި 2023 ވީ އާދިއްތަދުވަހުގެ ރޭ ނައިވާދޫ ޕްރީސްކޫލްގައި ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ވޭތުވެދިޔަ 6 މަސްދުވަހު ކައުންސިލުން ކުރެވުނު މަސައްކަތާއި ކުރިއަށް އޮތް 2024 ވަނަ އަހަރަށް ރޭވިފައިވާ ކައުންސިލްގެ މަަަސައްކަތު ތާވަލު ރައްޔިތުންނާ ހިއްސާކުރެވި މަޝްވަރާ ހޯދިފައިވެއެވެ. މިބައްދަލުވުމަށް ޙާޟިރުވެ ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަކަށް ހަދިޔާއެއްވަނީ ހަވާލުކުރެވިފައެވެ.