ޚަބަރު

ވޮލީ ކޯޓް އަޅާ ސަރަޙައްދު ޒުވާނުން ނުކުމެ ސާފުކޮށްފި

ނައިވާދޫގައި އެޅުމަށް ހަމަޖެހިފައިވާ ވޮލީ ކޯޓް އަޅާ ސަރަހައްދުގެ ބިން ސާފުކުރުމުގެ މަސައްކަތް މި ރަށުގެ ޒުވާނުން ނުކުމެ ކޮށްފިއެވެ. މިއީ ޔޫތު މިނިސްޓްރީގެ ޕީއެސްއައިޕީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ޒަމާނީ ވޮލީކޯޓެކެވެ. މި ޕްރޮޖެކްޓަކީ 1،127،363.47 ރުފިޔާއަށް ބޮޑުތިލަ އިންވެސްޓްމަންޓަށް 41 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށް 16 ޖުލައި 2023 އެގްރިމެންޓްކޮށް ޙަވާލުކުރެވިފައިވާ ޕްރޮޖެކްޓެކެވެ. ސައިޓް ޙަވާލުކުރުމަށް ކައުންސިލަށް އަންގާފައިވީނަމަވެސް ބޮޑުތިލަ އިންވެސްޓްމަންޓުން ސައިޓާ ޙަވާލުވާން އައިސްފައިނުވާތީ ސައިޓް ހަވާލުނުކުރެވި އަދި މަސައްކަތްވެސް ވަނީ ނުފެށިފައެވެ.