ޚަބަރު

ނައިވާދޫ ކައުންސިލުގެ މުވައްޒަފުން ނ. އަތޮޅު ކެނދިކުޅުދޫއަށް ތަޖުރިބާ ދަތުރެއް ކޮށްފި

ނައިވާދޫ ކައުންސިލުގެ ހުރިހާ ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން އަދި އަންހެނުން ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ހުރިހާ މެންބަރުން ނ. އަތޮޅު ކެނދިކުޅުދޫއަށް ތަޖުރިބާ ހޯދުމުގެ ދަތުރެއް ކޮށްފިއެވެ. މި ޑިސެމްބަރ މަހުގެ 6 ން 8 އަށް ކުރި މި ދަތުރުގައި، ނ. ކެނދިކުޅުދޫ ކައުންސިލަށް ޒިޔާރަތްކޮށް އެ އިދާރާގެ މުވައްޒަފުންނާއި ބައްދަލުކުރުމަށްފަހު އިދާރީ މަސައްކަތްތައް ކުރެވެމުންދާގޮތް ޢަމަލީގޮތުން ހުރިހާ މުވައްޒަފުން ބެލުމާއި، ދެ ފަރާތުން މަޢުލޫމާތު ބަދަލުކުރުން ކުރިއަށް ގެންދިޔައެވެ. އަދި އިދާރީ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވުމާއި ކައުންސިލގެ ބްރީފިން ތަކުގައި ބައވެރިވުމުގެ އިތުރުން އ.ތ.މ ކޮމިޓީގެ މެމްބަރުންގެ މަސައްކަތްތަކާއިބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. ދެ ކައުންސިލަކީވެސް ޑިޖިޓަލް ކުރުމުގެ މަސައްކަތް ކުރަމުންދާ ދެ ކައުންސިލަށްވާތީ ދެފަރާތުން ބޭނުންކުރާ މިފަދަ ކަންތައްތައް ޙިއްސާކުރެވިގެން ދިޔައެވެ. އަދި ރަށުގެ މުހިއްމު ބައެއްތަންތަނާއި އަދި ކުނިމެނޭޖްކުރުން ކުރިއަށް ގެންދާގޮތްވެސް ބަލާލެވުނެވެ.

މި ދަތުރަކީ ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް ފައިދާހުރި މަސައްކަތުގެ މާޙައުލުގައި ލިބިގެންދިޔަ ވަރަށް ބޮޑު ތަޖުރިބާއެއްކަން ހުރިހާ މުވައްޒަފުންވެސް ފާހަގަކުރިއެވެ.