ކުއާޓާއިން މޮޅުވެ ޓީމް ނައިވާދޫ ސެމީފައިނަލަށް ދަތުރު ކޮށްފި
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ހދ. އަތޮޅުގެ އަތޮޅު ބުރު ގުރޫޕް ދޭއްގައި މަކުނުދޫއާ ދެކޮޅަށް ކުޅުނު ކުއާޓާ މެޗުން 0-7 ގެ ނަތީޖާއަކުން މޮޅުވެ ނައިވާދޫ ޓީމް ވަނީ ސެމީއިން ޖާގަހޯދައިފައެވެ.
28 ޖަނަވަރީ 2024 ވީ އާދިއްތަ ދުވަހު ކުޅުނު މެޗުގައި ޖަރޒީ ނަންބަރު 9 އަބްދުﷲ ވިސާމް ވަނީ 3 ލަނޑު ޖަހާފައެވެ. އަދި ޖަރޒީ ނަންބަރު 97 އަބްދުﷲ ޝާފިއު، ޖަރޒީ ނަންބަރު 7 ހަސަން ޠާއިފް، ޖަރޒީ ނަންބަރު 10 ޔާމިން މުޙައްމަދު އަދި ޖަރޒީ ނަންބަރު 14 ހުސެއިން މައިޝަން މި ކޮންމެ ކުޅުންރެތިއަކު ލަނޑެއް ޖަހާފާވެއެވެ.
