ޚަބަރު

ނައިވާދޫ ރަންތާޖު ޤުރްއާން މުބާރާތް 2024 ގެ ތެރެއިން

ނައިވާދޫ ރަންތާޖު ޤުރްއާން މުބާރާތް 2024 އަކީ ނައިވާދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކަށް އަމާޒުކޮށްގެން ސްކޫލް ދަރިވަރުންނާއި އަދި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބިޖެއްސުމާއި، ޤުރްއާން ކިޔެވުމުގެ ފަންން އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމާއި ކީރީތި ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރްއާން ކިޔެވުމަށް ހޮތްވަރުދިނުމުގެ މަޤްޞަދުގައި ނައިވާދޫ ކައުންސިލުން މިނަމުގައި ކުރިއަށް ގެންދެވުނު މިފަދަ ފުރަތަމަ މުބާރާތް. މި މުބާރާތަކީ މިފަދަ ފުރަތަމަ މުބާރާތަށް ވާތީ މުބާރާތަށް ތައްޔާރުވުމުގައި ވަރަށްގިނަ މަސައްކަތްތަކެއް ކައުންނސިލްގެ އެންމެހާ މުވައްޒަފުން ގުޅިގެން ކުރެވިފައިވާކަން އުފަލާއެކު ފާހަގަކުރަން. މިފަހަރުގެ މުބާރާތުގަ  އި ޖުމްލަ ފަސް އުމުރުފުރާއަކުން 49 ދަރިވަރުން ވަނީ ބައިވެރިވެފަ.