ހދ. ނައިވާދޫން 76 ބަންޑާރަ ގޯތި ދޫކޮށްފި!
ހދ. ނައިވާދޫން ދިރިއުޅުމަށްޓަކައި ދޫކުރުމަށް ހަމަޖެހިފައިވާ 76 ބަންޑާރަ ގޯތި 2024 ޑިސެމްބަރ 31 ވަނަ ދުވަހު ވަނީ ހަވާލުކޮށްފައެވެ. މި ގޯތިތައް ދޫކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ގޯތި ލިބުނު ފަރާތްތަކަށް ވަނީ ގޯތި ލިބުނުކަމުގެ ލިޔުން ހަވާލުކުރެވިފައެވެ
މި ގޯތިތަކަށް އެދި 2023 ފެބްރުއަރީ 27 ވަނަ ދުވަހު ކުރި އިޢުލާނާއި ގުޅިގެން، 103 ފަރާތަކުން ވަނީ ހުށަހަޅާފައެވެ. ނަމަވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ 76 ގޯއްޗެވެ. ގޯތި ލިބޭ ފަރާތްތައް ހޮވިފައިވަނީ ކުރިން އިޢުލާނު ކުރެވިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕޮއިންޓް ދިނުމުގެ އުސޫލުންނެވެ
މި ގޯތި ދޫކުރުމާ ގުޅިގެން ނައިވާދޫގެ ބިމުގެ ދަތިކަން ވަރަށް ބޮޑަށް ޙައްލުވެގެންދާނެ ކަމަށް ގިނަ ރައްޔިތުން ޤަބޫލުކުރެއެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އާބާދީ އިތުރުވެ، އިޤްތިޞާދީ ގޮތުން ވެސް ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.