ގޯލްޑަން ފުޓްސަލް 2026 މުބާރާތުގެ ޒޯން ޗެމްޕިއަންކަން ހދ. ނައިވާދޫ ހޯދައިފި
ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދުމަށްފަހު، ހދ. ނައިވާދޫން ރޭ ވަނީ ޒޯން އެކެއްގެ ޗެމްޕިއަންކަން 4 ވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ.
ރޭ ކުޅެވުނު ޒޯން ފައިނަލް މެޗުގައި ނައިވާދޫން ޒޯން ޗެމްޕިއަންކަން ހޯދީ ހއ. މާރަންދޫއާ ބައްދަލުކޮށް 6-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މުޅި މެޗުގައިވެސް ނައިވާދޫ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހުނަރުވެރި ތަފާތު މޮޅު އަދި ތަރުތީބު ކުޅުމެކެވެ. ނައިވާދޫ ޓީމް ހޯދި ކާމިޔާބީއަކީ އަޅުގަނޑުމެން އެންމެން ފަޚުރުވެރިވާ ކާމިޔާބީއެކެވެ.
ނައިވާދޫ ޓީމުން ހޯދި މި ބޮޑު ކާމިޔާބީއާ ގުޅިގެން ނައިވާދޫ ކައުންސިލާއި ރަށުގެ ލޮބުވެތި ރައްޔިތުންގެ ނަމުގައި ޓީމުގެ ހުރިހާ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް ހޫނު މަރުޙަބާއެއް ކިޔަމެވެ. އަދި އުންމީދަކީ ކުރިއަށް ހުރި މެޗުތަކުގަވެސް މިފަދަ ކާމިޔާބީތައް ހާޞިލުވުމެވެ.
📷 Photos by: thephotomaldives , thephotomaldives


















