ގަދަ ވަޔާއެކު ވިއްސާރަކޮށް ކެޔޮ ދަނޑުތަކަށް ގެއްލުންވެއްޖެ
ހުޅަނގު މޫސުމުގެ ވިއްސާރައިގެ ގަދަވަޔާއެކު ވިއްސާރަ ކުރުމުން ނައިވާދޫގެ ކެޔޮ ދަނޑުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މީގެ 3 ދުވަސް ކުރިން ގަދަ ވަޔާއެކު ވިއްސާރަވެހި ނައިވާދޫގެ ކެޔޮދަނޑު ތަކާއި އަދި އަމިއްލަ މީސްމީހުންގެ ގޭގޭގައިހުރި ވަރަށް ގިނަ ކެޔޮގަސް ވެއްޓި ބޮޑެތި ގެއްލުންތަކެއް ލިބުނު އިރު، ބައެއް ގޭގޭގެ އެހެނިހެން ގަސްގަހަށްވެސް ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. މިގޮތުން ކުންނާރުގަހާއި ފަޅޯގަސްފަދަ މޭވާއަޅާ ގަސް ވެއްޓިފައިވާކަން ވަނީ ފާހަގަ ކުރެވިފައެވެ. އަދި ވައިގަދަވުމުގެ ސަބަބުން ބަނބުކެޔޮ ގަސްތަކުން ބަނބުކެޔޮތައް ވަނީ ފައިބައިފައެވެ. މިގޮތުން އެއްގޭންވެސް 75 ވަރަކަށް ބަނބުކެޔޮ ވެއްޓިފައިވާކަމަށް އެގޭގެ ވެރިފަރާތުން މަޢުލޫމާތު ދެއެވެ.