ޚަބަރު

ގއ. ވިލިނގިލި އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ނައިވާދޫއަށް ޒިޔާރަތް ކުރައްވައިފި

ގއ. ވިލިނގިލީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި 6 ޖުލައި 2023 ވީ ބުރާސްފަތި ދުވަހު ނައިވާދޫއަށް ޒިޔާރަތް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި ގއ. ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 4 މެންބަރުންނާއި އަދި ވިލިނގިލީ ކައުންސިލްގެ އަންހެން މެންބަރަކުވެސް ވަނީ ބައިވެރިވެފައެވެ. ގދ. ވިލިނގިލީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ސުހާނާ ނަޢީމު ފާހަގަ ކުރެއްވި ގޮތުގައި މިއީ އެ ކޮމިޓީން ތަޖުރިބާ ޙިއްސާ ކުރުމަށްޓަކައި ހދ. ގެ 3 ރަށަކަށާއި ހއ. ރަށަކަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި ނައިވާދޫ ކައުންސިލްގެ މެންބަރުންނާއި އަދި ނައިވާދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ބައްދަލުކުރެވި ދެ ފަރާތުގެ މަސައްކަތާއި ބެހޭގޮތުން ޚިޔާލު ބަދަލުކުރެވި ތަޖުރިބާ ހިއްސާ ކުރެވިފައިވެއެވެ. އަދި މީގެ އިތުރުން ރަށުގެ މުހިއްމު ތަންތަނަށްވެސް ޒިޔާރަތް ކުރެވިފައިވެއެވެ. މި ޓީމުވަނީ 7 ޖުލައި 2023 ވީ ހުކުރު ދުވަހު ނައިވާދޫން ފުރާފައެވެ.